
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމީކް ސްޓޫޑިއޯއާއި ވުޒާރާގެ ސެކްޝަންތައް ގުޅިގެން މި ހަފްތާ ބަނދުގައި ބާއްވާ މީޑިއާ މައުރަޒު 2025 ގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
މިއަދު ހަވީރު 16:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މީޑިއާ މައުރަޒު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހެނދުނު 10:00 އިން 18:00 އާ ހަމައަށް ވެސް މީޑިއާ މައުރަޒު ކުރިއަށް ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ، އެ ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކުގެ މައުލޫމާތާއި، މަޝްރޫއުތަކާއި ގުޅޭ އަދާހަމަތަކާއި، ވަކިވަކި ސެކްޝަންތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ބާއްވާ ހާއްސަ މައުރަޒެކެވެ.

