ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހާ ގަޑިތައް އިސްލާމިކް މިނިސްޓްރީން އިއްޔެ އާންމުކޮށްފި އެވެ.
މާލޭގައި ޒަކާތް ބެހުން ކުރިއަށް ދަނީ އިސްކަންދަރު ސްކޫލްގަ އެވެ.
މިއަދު ކުރިއަށް ގެންދިޔައީ މެންދުރުފަހު 2 ޖަހާއިރުން ފެށިގެން ހަވީރު 4:30 ވަންދެނެވެ. މިރޭ 9:30 އިން ފެށިގެން 11 ޖަހަން ދެން ވެސް ކުރިއަށް ދާނެ އެވެ.
މާދަމާ ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
- ހެނދުނު 10 ޖަހާއިރުން ފެށިގެން މެންދުރު 12 ޖަހަން ދެން،
- މެންދުރު 1 ޖަހާއިރުން ފެށިގެން ހަވީރު 3 ޖަހަން ދެން،
- އަދި ހަވީރު 4 ޖަހާއިރުން ފެށިގެން 5 ޖަހަން ދެނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ މާދަމާގެ ނިޔަލަށެވެ،
ފިތުރު ޒަކާތުގެ ގޮތުގައި ބަހާ ތަކެއްޗަކީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް