
ކ އަތޮޅު ނަކައްޗާފުށި ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް، 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފިއެވެ.
ދިފާއީ ބާރުން ބުނީ، މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށެވެ. އެހެންކަމުން އަލިހުރަސްކަނޑާއި، މި ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.
ކ.ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަން.https://t.co/WI4Pa99vlC pic.twitter.com/q9g4Go8qFW
— Maldives National Defence Force (@MNDF_Official) December 21, 2025
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

