މަސްތުވާތަކެއްޗާއެކު މިދިޔަ ޖުލައި މަހު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަން ފުލުހުން މިއަދު ބުނެފި އެވެ.
އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށް ފަހު އެ ގޮތަށް ނިންމުމުންނެވެ.
އަމީނީ މަގުގެ މާފަންނު ސަރަހައްދުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ޝިޔާޒާއާ އެކު އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ.
ދެން ހައްޔަރުކުރީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ.