
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އަހުމަދު ސޮބާހު މިއަދު އައްޔަނުކޮށްފި އެވެ.
ސޮބާހު އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައި ކަރެކްޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޮބާހުއާއެކު ކަރެކްޝަންސްގެ ހިދުމަތް އާ އުސްމިނަކަށް ގެންދާތަން ދެކެން ބޭނުންވާ ކަމަށެވެ.
ސޮބާހު ވަނީ ކަރެކްޝަންސްގައި 21 އަހަރު ހިދުމަތްވެސް ކުރައްވައިފަ އެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ސޮބާހު އައްޔަނުކުރި އިރު އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިބްރާހިމް މުހައްމަދު ދީދީ އެވެ. އޭނާ އެ މަގާމުން ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

