
ޑުރަގު މައްސަލައެއްގައި އަނެއްކާވެސް ނެޝެނަލް ޑުރަގު އޭޖެންސީ(އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
އެންޑީއޭއިން ފަރުވާ ހޯދާ ފަރާތްތަކަށް މަސްތުވާތަކެތިދީ، އެމީހުންނާއެކު ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެ އިދާރާގެ މުވައްޒަފަކު ހައްޔަރުކުރީ ނިމިގެން ދިޔަ ހަފްތާގަ އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޑުރަގު މައްސަލައެއްގައި މިއަދު ވަނީ އެންޑީއޭގެ އިތުރު މުވައްޒަފަކު ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ގައްދޫ/ ބަންސަރީގެ, އިސްމާއިލް އަބްދުﷲ(42އ.) އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ސެލޯފިންކަމަށް ބެލެވޭ އެއްޗެއް ވައްޓާލި ކަމަށާއި އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗައް ޕޮޒިޓިވްވެސްވި އެވެ.
އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
މިއަދު ހައްޔަރުކުރި މުވައްޒަފަކީ އެންޑީއޭގެ ކޮން ސެކްޝަނެއްގައި މަސައްކަތް ކުރާ މުވައްޒަފެއްކަމެއް ސާފެއް ނުވެއެވެ.

