ސްޓެލްކޯ އިން އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ސްޓެލްކޯ އިން ބުނީ ކުންފުނީގެ ފެންވަރުގައި ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކޮށް، ކުންފުނީގައި ޚިދުމަތްކުރަމުންދާ އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ހަފްލާއެއް ބާއްވާފައިވާ ކަމަށެވެ. މި ހަފްލާގައި ވަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.
ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހަކީ އިއްޔެ އެވެ.
އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މި ދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ އެވެ.