
މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލަރ ޕެނަލެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ޙާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 08:34 ހާއިރު ލިބިފައިވާ ކަމަށާއި އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން ސޯލަރ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައި ވަނީ 08:45 ހާއިރު ކަމަށް ދިފާއީ ބާރުން ބުނެއެވެ.
މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލަރ ޕެނަލެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި.https://t.co/aVu9NjNtsa pic.twitter.com/G3KJp8jScV
— Maldives National Defence Force (@MNDF_Official) January 8, 2026
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

