އެއްބަސްވުމާ ހިލާފަށް އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރަން ރާއްޖެއިން ގޮވާލައިފި November 21, 2025
Share Facebook Twitter LinkedIn Pinterest Email ސިވިލް ކޮމިޝަން(ސީއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އަލުން ހުޅުވާލައިފި އެވެ. މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ވެސް ހުޅުވާލި އިރު ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޝަނަށް އާ މެންބަރުން އައްޔަންކުރުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް އަލުން ހުޅުވާލައިފައިވާ ކަމަށެވެ. އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ނެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
އެއްބަސްވުމާ ހިލާފަށް އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރަން ރާއްޖެއިން ގޮވާލައިފި November 21, 2025