ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދަކީ، 922 ކަމުގައި ރައީސް އޮފީހުން ރޭ ހާމަކޮށްފި އެވެ.
922 މުވައްޒަފުން އައްޔަނު ކުރައްވާފައިވާ އެކި ގިންތިތައް:
ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
– ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
– ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
– ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
– ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
– ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
– އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން
ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.