ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ސީއެސްސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މުއްދަތު ހަމަވާތީކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ފުރުސަތު ހުުޅުވާލައިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12 ޖަހަންދެނެވެ.
އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ކަމަށް ރައީސް އޮފީހުން ނެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑްކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހުއާއި ނާއިބު ރައީސް މުހައްމަދު މުޖުތާޒްގެ އިތުރުން ކޮމިޝަނުގެ ތިން މެމްބަރުން ކަމަށްވާ މުހައްމަދު ފަރުސަތު އާއި ފާތިމަތު ޝަރީފް އަދި ފާތިމަތު ހަބީބާ އެވެ.