
ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ބަންދުކޮށްފި އެވެ.
ކުރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގުނު ގޮތުގައި ހައްޔަރުކުރި ދެ މީހުންނަކީ އެވަގްރީން، ގދ. ގައްދޫ، އަހުމަދު މުއާވިޔަތު (32 އަހަރު) އާއި މ. ރޯޝަންވިލާ، އިސްމާއީލް ރަޝީދު (37 އަހަރު) އެވެ.
ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
ކޯޓުގައި ދެ މީހުން ބުނެފައިވަނީ އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމެއް ނޭނގޭ ކަމަށާއި އެ ސައިކަލު އެ މީހުން އުޅޭ ގޭގައި ހުރީ ކިހިނެއްކަން ވެސް ނޭނގޭ ކަމަށެވެ.

