ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ހަވީރު ބުނީ ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާޓީ އެ މައްސަލަ ބެލުމަށްފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށެވެ.
އަދި 2000 ރުފިޔާއިން ޖޫރިމަނާކޮށް ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ
— Maldives Police (@PoliceMv) May 14, 2025
“ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.” ފުލުހުން އިތުރަށް ބުންޏެވެ.