
ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމެޓީއަކަށް މެންބަރުން ހޯދަން ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ރޭ ކުރި އިލާނެއްގައި ބުނީ 3 ދާއިރާއަކުން އެކުލަވާލާ ކޮމެޓީތަކަށް މެންބަރުން ބޭނުންވާ ކަމަށެވެ.
- ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް – ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމެޓީ
- އިމާރާތް ކުރުމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް – ކޮންސްޓްރަކްޝަން ސެންޓާ އެޑްވައިޒަރީ ކޮމެޓީ
- މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް – ފިޝަރީޒް ސެންޓާ އެޑްވައިޒަރީ ކޮމެޓީ
ރައީސް އޮފީހުން ބުނީ މި ކޮމެޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މިކަމަށް ބޭނުންވާ ފޯމު ރައީސް އޮފީހުން އަދި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

