
ހާޓްއެޓޭކެއް ޖެހިގެން މިއަދު ފަރުވާ ހޯދި އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ފިލްމީ ތަރި މުޙައްމަދު ޢަބްދުﷲ (މުހަންމާ)ގެ ޙާލު މިހާރު ރަނގަޅުކަމަށް އާއިލާއިން ބުނެފިއެވެ.
“ދެން”އާ ވާހަކަ ދައްކަމުން އާއިލާއިން ބުނީ ހާޓްއެޓޭކެއް ޖެހިގެން އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އަދި ސަރޖަރީއަކަށް ފަހު މިހާރު ޙާލު ރަނގަޅު ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ބެލެވޭކަމަށް ވެސް ބުންޏެވެ.
“ނިޢުމާ”އާއި “ވަފާތެރި ކެހިވެރިޔާ”ފަދަ މަގުބޫލް ގިނަ ފިލްމުތަކެއް ގެނެސްދިން މުހަންމާގެ އެންމެ ފަހުގެ ފިލްމަކީ “އިލްޒާމް”އެެވެ. ފިލްމު އުފެއްދުމުގެ އިތުރުން އޭނާ ވަނީ ގިނަ މަގާމުތަކެއް ވެސް ފުރައިފައެވެ. އެންމެ ފަހުން ހުރީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށެވެ.

