
ގޫގަލްްއިން އައްޑޫގައި ހިންގަން އުޅޭ ޕްރޮޖެކްޓުގެ މައުލޫމާތު ނުލިބޭ ކަމަށާއި މަންފާ ނުލިބޭ ގޮތަށް ބިން ދޫނުކުރެވޭނެކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ގޫގުލް އިން ރާއްޖެއަށް އިންވެސްކޮށްގެން އައްޑޫ ހިތަދޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ހެދުމަށް އިންވެސްޓު ކުރުމަށް ނިންމާފައިވާ އިކޮނޮމިކް މިނިސްޓްރީ އިން ހާމަ ކުރީ ރެ އެވެ.
އެކަމާ ގުޅިގެން މޭޔަރު ނިޒާރު މިއަދު ފޭސްބުކުގައި ވިދާޅުވީ ގޫގުލްއިން އައްޑޫގައި ސަބްމެރިން ލޭންޑިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާކަން ހަބަރުތަކުން އަޑުއިވިގެން ދިއުމުން އުފާވެރިކަމެއް އިހުސާސް ކުރެވުނު ކަމަށެވެ.
އެހެންނަމަވެސް އެކަން ހިންގަން ސަރުކާރުން ރާވާ ގޮތެއް އަދި މިހާތަނަށް ވެސް ކައުންސިލްއާއި ހިއްސާކޮއްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“އައްޑޫ ރައްޔިތުންނަށް މަންފާ ނުވާގޮތަށް އައްޑޫގެ ބިން ބޭރުބަޔަކަށް ވިޔަފާރިކުރުމަށް ދެވެން ޖެހޭނެކަމަކަށް ގާބޫލް ނުކުރަން. އަދި ހާއްސަކޮށް އައްޑޫގެ ރައްޔިތެއްގެ ހައިސިއްޔަތުންވެސް މިކަން ގަބޫލް ނުކުރެވޭނެ.” ނިޒާރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ގޫގަލްގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ތެރެއިން ގޫގުލްގެ މެނޭޖުމަންޓާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ނިންމުނު ކަމެއް ކަމަށެވެ.
މި މަޝްރޫއުއާއެކު ރާއްޖެ ވެގެންދާނީ ސަރަހައްދުގެ މުއާސަލާތީ މަރުކަޒަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ

