
ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އދ. މާމިނގިލީގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.
“މަސްޖިދު އިބްރާހިމް”ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ގާސިމްއެވެ.
އެ މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވެސް މިނިސްޓަރު ޝަހީމްއެވެ.
800މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުލޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. އެގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ގާއިމްކޮށްފައިވެއެވެ.
މާމިނގިލިއަކީ ގާސިމް އިބްރާހިމްގެ އުފަން ރަށް ވެސް މެއެވެ.
ސަރުކާރުގެ ހަރަދުގައި އިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރޯމަ މަހަށް 15މިސްކިތެއް ވަނީ ހުޅުވައިފައެވެ.

