
ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ ވިޔަފާރިތަކާއި ގުޅިގެން ނިމުނު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 252 ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައިވެ އެވެ.
98 ތަނެއް ބަލައިފާސްކޮށް 37 ތަނެއް ބަންދުކޮށްފައިވެ އެވެ. އެ މިނިސްޓްރީ އާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފު ވެގެން 25 ތަނެއް ބަންދު ކޮށްފައިވާ އިރު އެހެނިހެން ގާނޫނު ތަކާއި ހިލާފު ވެގެން 12 ތަނެއް ބަންދު ކޮށްފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން އިން ބުނީ އަކުން ހުޅުވުމަށް 8 ތަނަކަށް ހުއްދަ ދީފައިވާ ކަމަށެވެ

