
އުޅަނދުތައް ބަލައިފާސްކޮށް، ގަވާއިދާ އެއްގޮތަށް ދުއްވަމުން ދިޔަ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުލުހުންގެ ފަރާތުން ހަދިޔާ ދީފިއެވެ.
ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓް ޑިޕާޓްމެންޓުން މިއަދު ބުނީ، ރޯދަ މަހު ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމުގެ ދަށުން އިއްޔެ ހަވީރު 62އުޅަނދު ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން ގަވާއިދާ ހިލާފަށް ދުއްވަމުން ދިޔަ އުޅަނދުތުގެ ވެރިންނަށް، ‘ރައްކާ ޕާޓްނަރުން’ގެ ފަރާތުން ދޭ ހަދިޔާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަދިޔާ ދިނީ ކިތައް ވެހިކަލްއަކަށް ކަމެއް ނުބުނެއެވެ.
ރޯދަ މަހު ކޮންމެ ދުވަހެއްގެވެސް ބައެއް ވަގުތުތަކަކީ މާލެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑު ވަގުތުތަކެއް ކަމުން، ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތްތަކެއް ހިންގައެވެ. މިއަހަރުވެސް ފުލުހުން ދަނީ މަގުމަތި ބަލަހައްޓަން ހަރަކާތްތައް ހިންގަމުންނެވެ.

