
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓަވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ގަވައިދާ ހިލާފަށް ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓުވަން މިހާރުވެސް ގަވައިދުން ދަނީ އިމިގްރޭޝަންއިން ރެއިޑްތައް ޖައްސަމުން ނެެވެ. އަދި އެ ރެއިޑްތަކުން އަތުލައިގަންނަ ބިދޭސީން ދަނީ ޑީޕޯޓްވެސްކުރަމުން ނެވެ.
އަދި 1979ގައި ހަދާފައި އޮތް ފޮރިންއިންވެސްޓްމަންޓް ގާނޫނު، 46އަހަރަށްފަހު ނިމުމަކަށްގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ހައްލުކުރެވޭނެ ހަރުދަނާ ގާނޫނެއް މުޅީން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ އިރު ބިދޭސީން ރާއްޖޭގައި 34 ދާއިރާއެއްގެ ވިޔަފާރިތައް ހިންގުންވެސް ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.
ގަވާއިދާ ޚިލާފަށް ބިދޭަސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުންނިންމަވާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ މި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ… pic.twitter.com/2v9GSwDqF1
— Mohamed Saeed (@em_saeed) November 27, 2025
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ އެކްސްގައި ވިދާޅުވީ އެ ފިޔަވަޅުތަކަކީ ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް ކަމަށެވެ.
އަދި އަންނަ ހަފުތާއިން ފެށިގެން އެ މަސައްކަތް ތައްހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“މިކަމުގައި ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްވަނީރޭވިފައި.” މިނިސްޓަރު ވިދާޅުވި އެވެ.

