
ޕިކަޕެއްގެ މަރާމާތު މަސައްކަތެއް ކުރުމަށް އެ ޕިކަޕްގެ ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓި މީހަކު ނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ އިއްޔެ ހެނދުނު ހުޅުމާލޭ ސަހަރާ ކައިރީގައެވެ.
އެމީހާއަށް ފަރުވާ ދިން ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ މަރުވެފައި ވަނީ 60އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

