ލޯންޗަކާއި ޓަގެއް ޖެހި އެކްސިޑެންޓެއް ހިނގައި ލޯންޗުގެ ކައްޕިއަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 3:30 ހާއިރެވެ. އެއީ މާލޭން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި މާލޭ އެމްޕީއެލް ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހިގެނެވެ.
މި އެކްސިޑެންޓްގައި އިތުރު މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ މެރިން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.