ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާ އާ ގުޅިގެން ސަލާމަތްކުރި ފަސް މީހަކަށް ފަރުވާ ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު “ދެން” އަށް ވިދާޅުވީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެެވެ. މަރުވެފައި ވަނީ ދިވެއްސެއް ކަމަށާއި އިތުރު ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތަފްސީލު އަންނަނީ…