
ސްރީލަންކާގެ ކޮއްލޫޕިޓިޔާ އަވަށުގައި ހިންގަމުންދިޔަ މަސާޖު ޕާލާއަކުން ހަށިވިއްކަމުންދިޔަ ތައިލެންޑުގެ ހަ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ޤައުމުގެ މީޑިއާތަކުން ބުނާގޮތުގައި އިއްޔެ ކޮލަންބޯގެ ސައުތު ޑިވިޝަން ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ވިޔަފާރީގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ބެލެވޭ، ޢުމުރުން 40 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހައްޔަރު ކުރެވުނު ތައިލެންޑުގެ ހަ އަންހެނުންނަކީ ޢުމުރުން 29 އަހަރާއި 36 އަހަރާ ދެމެދުގެ މީހުންކަމަށް ވެސް ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.
މި މައްސަލަ ކޮއްލޫޕިޓިޔާގެ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

