ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެޑައިގެންފި އެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ “5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް”ގެ ދަށުން، ޑިސެނާޔަކަ ސަލްޓަންޕާކުގައި އިންދަވައިދެއްވީ މޫނިމާ ގަހެކެވެ.
އެ ހަރަކާތަކީ ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގަސް އިންދިމުގެ ހަރަކާތުގައި ޑިސަނާޔަކެ އަރިހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ގަހެއް އިންދަވައިދެއްވައިފަ އެވެ.