ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ރައީސް އަންނަ އަނުރާ ކުމާރަ ޑިސަނަޔަކެ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އަނުރާގެ ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ 3 ދުވަހުގެ މުއްދަތަކަށެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރާއްޖެއިން ސްރީލަންކާއާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 26 ޖުލައި 1965 ގަ އެވެ. މިއަހަރު ފާހަގަކުރަނީ ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ.