އެމްޓީސީސީން ދެމުން ގެންދާ އާރުޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ތ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
އެ ހިދުމަތް އިފްތިތާހުކުރީ މިއަދު ރައީސް ޑރ. މުހައްމަދު ތ. އަތޮޅުގެ ވެރިކަން ކުރާ ވޭމަންޑޫއަށް މިއަދު ކުރެެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ބޭްއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އާންމުކޮށް އާރުޓީއެލްގެ ހިދުމަތް އަތޮޅެއްގައި ފަށާ ފުރަތަމަ ހަފުތާ ދަތުރުކުރަން ހިލޭ ލިބެ އެވެ.
މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބެނީ ކ. އަތޮޅާއި އއ.. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު އަދި ލ. އަތޮޅުގަ އެވެ.
ސަރުކާރުން ދަނީ ބާކީ ހުރި އަތޮޅުތަކަށް ވެސް އާރުޓީއެލްގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރުން އެކި އަތޮޅުތަކުން އާބަން ސެންޓަރުތަކަށް ދަތުރުކުރެވޭނެ ރޫޓުތަކާއި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރެވޭ ރޫޓުތަކާ އެކު ހިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.