
ތެލެސީމިއާ ސެންޓަރުން ދެވޭ ޚިދުމަތްތައް ހުކުރު ދުވަހު ވެސް ލިބޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1994ވަނަ އަހަރު ޑިސެމްބަރ 29ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވާ ކަމަށެވެ.
1994 ވަނަ އަހަރު ޑިސެމްބަރ 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވޭ.
ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް…
— Dr Mohamed Muizzu (@MMuizzu) February 22, 2026
ނަމަވެސް، 20ފެބްރުވަރީ 2026ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތްދޭން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަހުގެ 20ވީ ހުކުރު ދުވަހު ވެސް ޖުމްލަ 14ޓްރާންސްފިއުޝަން ހެދި 5ފަރާތަކުން އެ ސެންޓަރުން ލޭހަދިޔާކޮށްފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަމަޟާން މަސް ނިމުމުން ވެސް، ހުކުރު ދުވަސްތަކުގެ ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެ ކަމަށާއި މި ކަމުގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށް ވެސް ލޭ ހަދިޔާކުރަން ފަސޭހަވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

