
ތެލަސީމިއާ ސޮސައިޓީގެ ކުރިގެ ޗެއަޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލް މުއިއްޒު ހަސަން މިއަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އުމުރުން 36އަހަރުގައެވެ.
މުއިއްޒު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މުއިއްޒު ނިޔާވި ހަބަރު އެއްސެވީ ފުންހިތާމައާއެކު ކަމަށާއި އޭނާއަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްހޫމް އަބްދުލްމުއިއްޒު ހަސަން ލަހައްޓަވާށި. އާމީން” ރައިސް އެކްސްގައި ވިދާޅުވިއެވެ.

