ހުޅުމާލޭގައި ހުންނަ ޕިޒިއޯ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެ ބީދޭސީއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލަ އިއްޔެ ބަލަން ފަށާފައިވާކަން ހާމަކޮށްފައިވާއިރު މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެ މައްސަލާގައި ރޭ ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ.
- ރާޖެޝްވަރީ ސިވަކުމާރު (24އ)
- އީޝާ އެންޓޮނެއްޓޭ (24އ)
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.
Alhuganduge dharifulhah 5 may 2025 ga hulhumale ga hunna physio clinic in negi therapy sessions… pic.twitter.com/ghivMJcdir
— Naslu (@Naslu7007) May 11, 2025
މި މައްސަލަ ފެންމަތިވުމާ އެކު އެެކަމުގެ ޒިންމާ ނަގައި އަނިޔާކުރި މުވައްޒަފާއި އެތަނުގައި އެ ވަގުތު ހުރި އެހެން މުވައްޒަފެއްވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ކްލިނިކުން ވަނީ އިއްޔެ ބުނެފަ އެވެ.
އަދި ވަގުތީ ގޮތުން ކްލިނިކު ބަންދުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.