
ތިން ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމަށް ބުނެ މައްސަލަ އެޗްއާރުސީއެމްއަށް ހުށަހަޅައިފިއެވެ.
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބަނގުލަދޭޝްއަށް ނިސްބަތްވާ ހަނީފް(36އ) ދިވެއްސަކާއެކު ހައްުޔަރުކުރީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ހަނީފް ހުރީ ޖަލުގައި ބަންދުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާގޮތުން އިއްޔެއިން ފެށިގެން އޭނާގެ ބަންދަށް ވަނީ އިތުރު 30ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުގައި ބުނެފައިވާގޮތުން ފުލުހުން ހަނީފްއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ އެ މައްސަލަ އެޗްއާރުސީއެމްއަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ހަނީފްއާއެކު އެ މައްސަލައިގައި ހައްޔަރުކުރީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް(28އ)އެވެ. ހަނީފްއަކީ އަޒުހަދުގެ މުވައްޒަފެއްވެސްމެއެވެ.

