ތިން ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ދެ ފަރާތަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހަވާލުކުރީ ފ.ދަރަނބޫދޫ، ހއ. ވަށަފަރު އަދި ހއ. ތުރާކުނުގައި ހުންނަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށެވެ.
އޭގެ ތެރެއިން ދަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށެވެ. އެއީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 4.8 މިލިއަން ރުފިޔާ އަށެެވެ.
އެ ޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ލޭބަރ ރޫމް، އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ވަށަފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެއީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 4.8 މިލިއަން ރުފިޔާއެވެ.
އެ މަޝްރޫއުގެ ދަށުން ވަށަފަރު ސިއްހީ މަރުކަޒު ގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރާނެ އެވެ.
ތުރާކުނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކުރީ ވެސް ޕާފެކްޓް މަލަފަހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
180 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން ހަވާލުކުރީ 3.4 މިލިއަން ރުފިޔާއެވެ.
އެ ޕްރޮޖެޓްގެ ދަށުން ތުރާކުނު ސިއްހީ މަރުކަޒުގައި އޮފީސް، މީޓިން ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީގެ ޖާގަ އިތުރުކުރާނެ އެެވެ.