
ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ މާލެ ކައިރީގައި ކަމަށާއި އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.
ނަމަވެސް ދެ ލޯންޗަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނުކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް ނުލިބެއެވެ.
ދެ ލޯންޗުގައި ތިބީ ކޮން ބައެއްކަން ވެސް ސާފެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާގެ އިތުރު ތަފްސީ؛ލު ފަހުން އާންމުކުރާނެ ކަމަށެވެ.

