
ކަނޑު މަތީގައި ދެ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށް ގޮސްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ފުއްޓަރު ފަރާތާދިމާ ބޭރުން ކަމަށާއި ފުލުހުންނަށް މި ހާދިސާގެ ރިޕޯޓްކޮށްފައި ވަނީ މެންދުރު 12:29 އެހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި އެކްސިޑެންޓުގައި ގެއްލުން ލިބުނު އެއް ދޯނި ވަނީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނެއް ދޯނީގެ ޑެކަށް ވަރަށް ބޮޑައް ގެއްލުން ލިބިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

