
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.
ރައީސް ނަޝީދު އެކަން ހާމަ ކުރެއްވީ އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު އެކަމަށް ތާއިދުކުރެއްވި އިރު ރިޔާސީ އިންތިހާބުގެ ބިލާއި މަޖިލިސް އިންތިހާުބު އެއްކޮށް ބާއްވަން ސަރުކާރުން މިހާރު ވަނީ ބިލެއް ހުށަހަަޅައިފައެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުއެވެ.
Riyaasee inthikhaabaai Majlis inthikhaab ekeega beyhvun e ee rangalhu gothehkamugai alhugandu dheken.
— Mohamed Nasheed (@MohamedNasheed) January 4, 2026
ފަލާހު ހުށަހެޅުއްވި ބިލުގައިވަނީ މަޖިލީހުގެ މި ހިނގާ ދައުރު ކުރުކޮށް އަންނަ ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއާއެކު މަޖިލީހުގެ ދައުރު ހިނގާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
މަޖިލީހުގެ މި ހިނގާ ދައުރު ހަމަވާނީ 2029 ވަަނަ އަހަރުއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ދައުރުން ބޭރުން ޖަލްސާއެއް މާދަން ބާއްވަން ވަނީ ތާވަލުވެސްކޮަށްފައެވެ. އަދި ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ފުރަތަަމަ ކިއުން ވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.

