މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި ދެ ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގަނެ ހަ މަހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ ފާއިތުވި ދެ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް 7 ތަނެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެެވެ.
އެ އޮޕަރޭޝަންގައި ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމެވެ. މީގެ އިތުރުން، 1.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
“ކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، “މޫންޝައިން” ކެނަބިސް ބުއިންތަކާއި ފްލޭވާ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެއެވެ. އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.” ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ
- ގއ. ދާންދޫ / ބޯގަންވިލާ، ހަސަން އަލީ (26އ)
- ޅ. ކުރެންދޫ / މެދުރިގެ، މުހައްމަދު އަލީޝް އަހުމަދު (28އ)
- ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުހައްމަދު (26އ)
- ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުހައްމަދު ޒަކީ (28އ)
- ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާއިލް ވަހީދު (18އ)
- އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އެވެ.
އެ މައްސަލައިގައި ޖައިލަމް ފަސް ދުވަހަށް، މައިޝަމްއާއި އިސްމާއިލް ވަހީދު 10 ދުވަހަށް އަދި ހުސެއިން އަލީއާއި އަލީޝް އަދި ވަލީދު މުހައްމަދުގެ ބަންދަށް ވަނީ 15 ދުވަސް ވެސް ކްރިމިނަލް ކޯޓުން ވަނީ ޖަަހައިފަ އެވެ.