
އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސްމީހަކު މަރުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 2:00 އެހައިކަންހާއިރު ކަމަށާއި އަނިޔާ ލިބުނު އަށް މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށެވެ.
މީގެ އިތުރުން ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށާއި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގެ ތަޙްޤީޤަށް މާލެއިން ޚާއްޞަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަޙުޤީޤު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

