
ޢުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ މ.ސައްކެޔޮމާގޭ މުޙައްމަދު އިމްތިޔާޒް (އިންތި)އެވެ. އޭނާ އުމްރާއަށް ދިޔައީ އަލްމަނާސިކް ގްރޫޕުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާޓްއެޓޭކެއް ޖެހިގެން އޭނާ ނިޔާވީ ރޭއިރާކޮޅުއެވެ. އަދި އޭނާގެ ޖަނާޒާގެ ކަންތައް ރޭ ، މައްކާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

