
ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙޫމުގެ އާއިލާއަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމީޒަކީ ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައިވާ އަދި އިދާރީ ހިންގުމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ ށ. އަތޮޅުގެ ތަފާތު އެކި މަޤާމުތައް ފުރުއްވުމުގެ އިތުރުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ އަދި އިދާރީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތެރިއެކެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ޚާއްޞަކޮށް، ށ.އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި ށ.އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް… pic.twitter.com/wos2GqTsK1
— Dr Mohamed Muizzu (@MMuizzu) April 5, 2026
މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި މާތްﷲ ގެ ފުއްސެވުމާއި ރުއްސެވުން މިންވަރުކުރެއްވުން އެދިވަޑައިގެން ވަނީ ދުޢާކުރައްވާފައެވެ. މީގެ އިތުރުން، މި ފުން ހިތާމައިގެ ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

