ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ ފެމިލީ ކޯޓުން އާންމުކުރަން ފަށައިފި އެވެ.
އެގޮތުން ފުރަތަމަ ފަހަރަށް ފެމެލީ ކޯޓުން މިއަދު ވަނީ ދަރިންގެ ހަރަދު ނުދޭ މީހެއްގެ މައުލޫމާތު އާއި ފޮޓޯ އާންމުކޮށްފަ އެވެ
ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު ޝާއިޢުކުރުން pic.twitter.com/mJYgz3kAEC
— Family Court of the Maldives (@FamilyCourtMv) July 16, 2025
އާއިލާއާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރިނަމަ މަހަކު 2000 ރުފިޔާ ދޭން ޖެހޭނެ އެވެ.
އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދިނުމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.