
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ފޭރުނު ޑޮލަރުތައް އަދިވެސް ނުފެންނަކަން އެނގިއްޖެ އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދައްކައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ފޭރިގެން ގެންދިޔައީ އެއާޕޯޓުން ބޭރަށް ފުރާ ދަތުރުވެރިން ނަގަން ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރުތަކެކެވެ.
ނަމަވެސް ފަހުން އެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުވެސްކޮށްފަ އެވެ.
ނަމަވެސް “ދެން” އަށް އެނގިފައިވާގޮތުން ގެއްލުނު ޑޮލަރުތައް އަދިވެސް ނުފެނެ އެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންނަކީ:
- މާޒިން މޫސާ، 25 އަހަރު، ރޭޝަން/ލ. މާވަށް
- އަހުމަދު ރައިހާން ނައީމް، 20 އަހަރު، މ. ކޯރަސް
- އިބްރާހިމް އަނޫފް، 24 އަހަރު، އަޅިވިލާގެ/ކ. ގުރައިދޫ
- ހުސެއިން ޝަހުދު، 30 އަހަރު، އަޅިވިލާގެ/ކ. ގުރައިދޫ
އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު ހުރި ބްރިފްކޭހެއް ފޭރިގަތެވެ.

