ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް ހާލުބޮޑުވި މީހާ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލު(ކޭއާރުއެޗް)ގައި ފަރުުވާ ދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވާން މަސައްކަތްުކުރީ މިިދިޔަ ހުކުރު ދުވަހުގެ ރެއެވެ.
ކޭއާރުއެޗުގެ އޮފިޝަލަކު ވިދާޅުވީ އޭނާ މިއަދު 15:18ގައި މަރުވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެ ހާދިސާ އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ އެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމުގަ އެވެ.
އަދި ހާދިސާގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ.
އެ ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމުގައި ވެސް ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.