
ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޒުވާން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުހައްމަދު ޝިޔާން (25އ) އެވެ.
ފުލުހުން ބުނީ މިއަދު ހިންގި އޮޕަރޭޝަންގައި ނުހާމް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނުހާމް މުޙައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުަމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދަނީ އަ ގާނޫނަށް އަމަލުކުރަމުން ނެވެ އެ ގާނޫނުގެ ދަށުން ވޭޕް އެތެރެކުރުމާއި ބޭނުންކުރުމާއި އަދި ވިއްކުން މަނާވެފައިވާ އިރު އެފަދަ ކުށްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ދަނީ ގާނޫނީ ފިޔަވަޅު ވެސް އަޅަމުންނެވެ.
އެހެން ނަމަވެސް އަދިވެސް ފާޅުގައްޔާއި ސިއްރުގައި ވޭޕް ވިއްކައި ދަނީ ބޭނުންކުރަމުންނެވެ.

