މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު މީހާ އަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު 7:23 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ވެއްޓިފައި އޮތްވާ ފެނިފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
އައިޖީއެމްޗުން ބުނީ އެ އަންހެން މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.