ރައީސް ނެރުއްވި ގަރާރުގައި ޕްރޮޖެކްޓް ސޯލާ ސިޓީ ހިންގުމަށް ނިންމާފައިވާ ސަރަހައްދު ފާހަގަކޮށްފައިވެ އެވެ. އެއީ ކުޑަބަނޑޮސް ރިސޯޓް ކައިރީގައި އޮންނަ ފަޅެވެ.
ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑްއެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ރިއާޔަތްކޮށް ގަރާރެއްގެ ދަށުން ރައީސް މުއިއްޒު ކަނޑައެޅުއްވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
އަދި “ޕްރޮޖެކްޓް ސޯލަރ ސިޓީ” ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްގީކުރުމަށް ޓަކައި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް އެސްއީޒެޑްގެ ގޮތުގައި އެ ސިޓީ ރައީސް މުއިއްޒު މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.
“ޕްރޮޖެކްޓް ސޯލާ ސިޓީ” ޒޯނުގައި ކުރުމަށް ހުއްދަ ދިން ކަންކަން
- 100 މެގަވޯޓް ގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމްކޮށް އޮޕަރޭޓް ކުރުން.
- މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމްއައިސީއީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން.
- ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން.
- ރިއަލް އެސްޓޭޓް ތަރައްގީކުރުން