ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް އަލުން ކަރަންޓު ދީފި އެވެ.
މާލެއާއި ހުޅުމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ.
ނަމަވެސް ފަސް ގަޑިއިއަށް ވުރެ ވެސް ބޮޑުވިފަހުން އިރު އޮއްސެން އުޅެނިކޮށް ސްޓެލްކޯއިން މުޅި މާލެއަށް ވަނީ އަލުން ކަރަންޓު ދީފަ އެވެ. އޭގެ އިތުރުންް ހުޅުމާލެ ވެސް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އަލުން ކަރަންޓު ދީފަ އެވެ.
ސްޓެލްކޯއިން ބުނީ މިހާރު ކަރަންޓު ނުލިބެނީ ހުޅުމަލޭގެ ރުށްގަނޑު އެކެއް ހުންނަ ސަރަހައްްދެއްގެ ޓްރާންސްފޯމަރަކަށް އެކަނި ކަމަށެވެ.
މާލެ، ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު ވައިގެ މައި ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހޮސްޕިޓަލުތަކުން ވެސް ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.
ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނާއިރު އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް ވެސް ވަނީ އަންގަވައިފަ އެވެ.