ގދ. އިން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ފަސް މީހުންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލުނު އިރު އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފުލުހުން މިރޭ އެކްސްގައި ބުނީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
https://twitter.com/PoliceMv/status/1916883356966678838
އުޅަނދުތައް އޮންނަތަން ޓްރެކްކުރާ އެޕް “ފޮލޯ މީ” އިން ދައްކާ ގޮތުން އެ ދޯނި އެންމެ ފަހުން އޮތީ ހުވަދު އަތޮޅާ ލާމު އަތޮޅާ ދެމެދު އެވެ.