ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި ފަހުން ގެއްލުނު މީހާ ފެނިއްޖެ އެވެ.
ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސް ހިފަން ދިޔަ މީހަކު ގެއްލިގެން ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އެ ރަށު ތުނޑިީ، ފެސްފަރީ، އަބްދުލްސަމަދު މުހައްމަަދު (ސަމަދު) އެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުން ގެއްލިގެން ހޯދަމުން ދިޔަ އެ މީހާ މިހާރު ވަނީ ފެނިފަ އެވެ. އެ މީހާ މިހާރު ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.