
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ތަރައްގީކުރި 4000 ފްލެޓުތަކުގެ ޑައުންޕޭމަންޓަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފައިސާ މަހު ކުއްޔަށް ދައްކާ ފައިސާއިން އުނިކޮށްދޭން ނިންމައިފިއެވެ.
އެގޮތުން ތިން ކޮޓަރީގެ ފްލެޓުތަކުގެ ޑައުންޕޭމަންޓް 25،000 އިން 8500 ރުފިޔާއަށް އަދި ދެ ކޮޓަރީގެ ފްލެޓުތަކުގެ ޑައުންޕޭމަންޓް 15،000 ރުފިޔާއިން 6000 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނި ކޮށްދޭނެ ކަމަށެވެ. އަދި ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނި ކޮށްދޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެފްޑީސީގެ 4000 ހައުސިންގ ޔުނިޓު މަޝްރޫޢުގެ ސެކިއުރިޓީ ޑިޕޮސިޓަށް ގެނައި ބަދަލުގެ ސަބަބުން ކުރިން ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކުގެ ޑިޕޮސިޓަށް ވެގެންދާނީ ކިހިނެއް؟ pic.twitter.com/JNpxHjl1Hg
— Ministry of Construction, Housing & Infrastructure (@MoCImv) December 19, 2025
އެފްޑީސީން ތަރައްގީކުރި ފްލެޓުތަކަށް މީހުން ވަންނަން ފަށާފައިވާ އިރު ކުޑަކުރި ކުއްޔާއެކު ދެން މަހު ކުލީގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓުތަކަށް ދައްކަން ޖެހޭނީ 6000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓުތަކަށް ދައްކަން ޖެހޭނީ 8500 ރުފިޔާ އެވެ.

