
ދިވެހި ޤައުމީ އެއަރލައިނުން ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ، މިހާރު މަޑިވަރަށް ކުރަނީ ހަފްތާއަކު 2 ދަތުރު ކަމަށެވެ. ނަމަވެސް މި ޑިސެންބަރު މަހުގެ 22ވަނަ ދުވަހުން ފެށިގެން މަޑިވަރަށް، ހަފްތާއަކު 3 ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ، ބުދަ އަދި ހޮނިހިރު، މި 3 ދުވަހު ދަތުރުތައް އޮންނާނެކަމަށާއި މަޑިވަރަށް އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
More days, more ways to fly. ✈️
Our Malé–Madivaru route now operates every Monday, Wednesday and Saturday, giving you even more choice to explore and enjoy the journey.
Book your seats from MVR 799 one way.#Maldivianaero pic.twitter.com/UXi7IDW8l3
— MaldivianAero (@MaldivianAero) December 8, 2025
ޤައުމީ އެއަރލައިނުން އަބަދުވެސް ޗުއްޓީތަކާ ދިމާކޮށް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް އިތުރު ކުރެއެވެ. އަދި ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ހެޔޮކޮށް، ފެއަރތަކުން ޓިކެޓް ލިބުމުގެ ފުރުސަތުތައް ވެސް ހުޅުވާލައެވެ.

